ހޭންޑްބޯލް ކޯޗުން ތަމްރީން ކުރުމުގެ ކޯހެއް އައްޑޫ މީދޫގައި ފަށައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި، ހޭންޑްބޯލް މޯލްޑިވްސް އާއި، އައްޑޫ ސިޓީ ކައުންސިލް ގުޅިގެން މި މަހުގެ 6 ގައި ފެސި ކޯސް މި މަހުގެ 16 އާ ހަމައަދް ކުރިއަށް ދާނެ އެވެ.
މީދޫގެ ހޭންޑްބޯލް ކޯޗިން ކޯހުުގައި ދެ ޖިންސުގެ 12 މީހަކު ބައިވެރިވެފައިވެ އެވެ.
ދާދި ފަހުން ވެސް އައްޑޫގައި ހޭންޑްބޯލް ކޯޗިން ކޯހަކާއު ރެފްރީ ކޯހެއް އައްޑޫގައި ހިންގާފައިވެ އެވެ.