Last Updated: August 12, 21:51
Tuesday, August 12, 2025
ޚަބަރު

ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މާސްޓަކާޑާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ އެންމެ އިސްދައުރެއް އަދާކުރާ ވިޒިޓް މޯލްޑިވްސްއަށް ޒަމާނީ ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް ތަޢާރަފުކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ މި ޕްލެޓްފޯމުން ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކަށް، ފަތުރުވެރިން އިސްކަންދޭ ކަންތައްތަކާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށެވެ.

މި ޑޭޓާ ބޭނުންކޮށްގެން، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ކުރިއެރުމުގެ ފުރުސަތުތައް ހޯދުމަށާއި ދަތުރުގެ ކޮންމެ މަރުހަލާއެއްގައިވެސް ފަތުރުވެރިން ކުރާ ތަޖުރިބާ އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރަނގަޅު ނިންމުންތައް ނިންމުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.

މީގެއިތުރުން މިއަދު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ (ނެޝަނަލް ސެންޓަރ ފޯ އިންފޯރމޭޝަން ޓެކްނޮލޮޖީ- އެންސީއައިޓީ) އަދި މާސްޓާކާޑް ގުޅިގެން ސްޓްރެޓީޖިކް އެސްބަސްވުމެއްގެ ދަށުން، 'މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމް' ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ވެސް އިފްތިތާހުކޮށްފަ އެވެ.