Last Updated: August 12, 21:51
Tuesday, August 12, 2025
ޚަބަރު

އުރީދޫން އެޕަލް އާއި ސެމްސަންގް ގަޑިއަށް އީ-ސިމްގެ

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗާއި، ސެމްސަންގް ގެލެކްސީ ވޮޗަށް އީ ސިމްގެ ޚިދުމަތް ތައާރަފުކޮށްފި އެވެ.

އުރީދޫން ބުނީ މި ހިދުމަތާއެކު ފޯނާ ނުލާ ރައްކާތެރިކަމާއެކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ސީދާ ގަޑިން ފޯނުކޮށް މެސެޖުކުރެވޭނެ މަގު މިހާރު ފަހިވެފައިވާ ކަމަށެވެ.

އަތުކުރީގައި އޮންނަ ގަޑިއާއެކު ހެނދުނު ދުވަން ނުކުތް ނަމަވެސް، ނުވަތަ މަސައްކަތުގެ ބުރަ ވަގުތެއް ވިޔަސް، މިހާރު ކޯލްކޮށް، ރިސީވްކޮށް، މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމްކޮށް، އެޕްލިކޭޝަންތައް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫން ބުނީ ސްމާޓްވޮޗަށް އީސިމް އެކްޓިވޭޓް ކުރުމަކީ އަވަސް އަދި ފަސޭހަ ކަމެއް ކަމަށާއި ފިޒިކަލް ސިމް ކާޑެއް ނުވަތަ އެއްވެސް އިތުރު އެޕްލިކޭޝަނެއް މިކަމަށް ބޭނުން ނުވާނެ ކަމަށެވެ. އަދި އެޕަލް ވޮޗް ނުވަތަ ސެމްސަންގް ގެލެކްސީ ވޮޗް ފޯނާ ގުޅާލައި، ސްކްރީނުގައި ވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް، އީސިމް ގަޑިއަށް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށާއި މި ހިދުމަތަކީ ހަމައެކަނި އުރީދޫ ނެޓްވޯކްގައި ފޯރުކޮށްދޭ ހިދުމަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫގެ ސްމާޓްވޮޗް އީ ސިމްއާއެކު ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެ، ކޮންމެ ވަގުތަކު ވެސް އަދި ކޮންމެ ތަނެއްގައި ވެސް ގުޅުމުގެ ފަސޭހަކަން މިހާރު ތަޖުރިބާކުރެވޭނެ އެވެ.