Last Updated: July 12, 00:08
Saturday, July 11, 2026
ޚަބަރު

އައްޑޫގައި އެކްސިޑެންޓެއް، ދެ ކުއްޖަކާއި އަންހެނަކަށް ފަރުވާދެނީ

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހިތަދޫ، ހީނާ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލައެއް މިރޭ 21:17 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވި އަންހެނަކަށާއި އަނެއް ސައިކަލު ދުއްވި 15 އަހަރުގެ ފިރިހެން ކުއްޖާ އާއި އެ ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވި ފަރާތްތަކަށް އައްޑޫ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.