Last Updated: August 20, 11:04
Wednesday, August 20, 2025
ޚަބަރު

ކުވައިތުގެ ވިޔަފާވެރިއަކު މަނަދޫގައި މިސްކިތެއް ބިނާކޮށްފި

ކުވެއިތުގެ ވިޔަފާރިވެރިއަކު ނ. މަނަދޫގައި ބިނާކޮށް ދިން މިސްކިތެއް ހުޅުވައިފި އެވެ.

އެ ރަށު ބަނދަރު ސަރަހައްދުގައި އެ މިސްކިތް ބިނާކޮށް ދެއްވީ ކުވެއިތުގެ ވިޔަފާރިވެރިއެއް ކަމަށްވާ ތޮލާލް ހަލީފާ އަލް ޖަރީގެ އެވެ. މިސްކިތަށް ނަން ދީފައި ބަނ ވެސް އޭނަގެ ނަމާ ގުޅުވައިގެންމެވެ.

އެގޮތުން މިސްކިތުގެ ނަމަކީ 'މަސްޖިދުއް ޚަލީފާ ތަލާލް އަލްޖަރީ' އެވެ.

އެ މިސްކިތް ހުޅުވަން ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިސްކިތް ހުޅުވައި ދެއްވީ ވެސް ވިޔަފާވެރިޔާ އެވެ.

ހަ މަހެއްހާ ދުވަހެއްގެ ތެރޭގައި ނިންމި އެ މިސްކިތަކީ 114 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ބިނާކޮށްފައި ވަނީ ދެ ޖިންސުުގެ މީހުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށެވެ.

މަނަދޫގައި އިތުރު ދެ މިސްކިތެއްގައި ނަމާދު ކުރަމުން އަންނަ އިރު، ސަރުކާރުން މިހާރު ވެސް އަންނަނީ އެ ރަށުގައި މިސްކިތެއް ބިނާކުރަމުންނެވެ.