Last Updated: June 7, 10:21
Sunday, June 7, 2026
ޚަބަރު

ސިފްކޯ ފްލެޓަކުން ޑްރަގާ އެކު މީހަކު ހައްޔަރަށް

ހުޅުމާލޭގައި ހުންނަ ސިފައިންގެ ސިފްކޯގެ ފްލެޓަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

އެތަނުގެ އެޕާޓްމަންޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ މީހެކެވެ. ނަމަވެސް އޭނަ އަކީ އެއީ ސިފައިންގެ މީހެއް ކަމެއް ކަށަވަރެއް ނުވެ އެވެ.

ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަކް ކޯޓުން 15 ދުވަސް ޖަހާފައިވާ އިރު، މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ފުލުހުން ކުރެ އެވެ. ބަންދު އަމުރުގައިވާ ގޮތުން އެ ތުހުމަތުތައް ކުރެވޭ މިންވަރަށް ކޯޓަށް ހެކި ވެސް ހުށަހަޅާފައިވެ އެވެ.

ބަންދު އަމުރުގައިވާ ގޮތުން ސިފްލޯގެ ފްލެޓަކުން ހައްޔަރުކުރި މީހާ ދިރިއުޅޭ އެޕާޓްމަންޓާއި އޭނާއާ ގުޅުންހުރި އިތުރު ތަނަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނު ވެސް ފެނިފައިވެ އެވެ.

ދިރިއުޅޭ ސިފްކޯ ފްލެޓްގެ ތެރެއިން ފެނުނު ތަކެއްޗިއްސަކީ އޭނަގެ އެއްޗެހި ކަމަށް އިއުތިރާފުވި ނަމަވެސް، ދެން މަސްތުވާތަކެތި ފެނުނު ތަނަކީ ގުޅުން އޮތް ތަނެއް ނޫން ކަމަށް ބުނެފައިވެ އެވެ.