ބ. ކަމަދު އަށް ސީޕްލޭންގެ ޚިދުމަތް ދިނުމަށްޓަކައި އެެެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުން ހަދާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބ. އަތޮޅަށް ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލަކަށް ކަމަދު އަށް ކުރެއްވި ޒިޔާރަތުގަ އެވެ. އެގޮތުން އެ ރަށަށް ސީ ޕްލޭންގެ ހިދުމަތް ދޭން ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ، އައިލެންޑް އޭވިއޭޝަން އައިއޭއެސް) އިން ސޮއިކުރީ ހޯކްސް ހޮޓެލްސްއާއެކު އެވެ.
އެއްބަސްވުމުގައި އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. ހޯކްސްގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރު ހުސައިން އަމަން އެވެ.
ނަމަވެސް މި އެއްބަސްވުމުގެ ދަށުން ކަމަދު އަށް ސީޕްލޭންގެ ހިދުމަތް ދޭނެ ގޮތަކާ ބެހޭ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.