Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ފުލުހުންގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި

ފުލުހުންގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ އެ އިމާރާތުގެ ބިންގާ އެޅީ ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔޫއޭއީގެ ސައިބަ ސެކިއުރިޓީ ހެޑް، ޑރ. މުޙައްމައު އަލް ކުވައިތީ އާއި، ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާންގެ އިތުރުން ޕޮޮލިސް ކޮމޮޝަނަރު އިސްމާޢީލް ނަވީން އެވެ.

ފުލުހުންގެ ޑާޓާ ސެންޓަރަކީ ޔޫއޭއީގެ ސައިބަ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާ އެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރާ ސެންޓަރެކެވެ.

މި ސެންޓަރާއެކު ފުލުހުންގެ މަސައްކަތްތައް، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބައްޓަންވެގެންދާނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެ އެވެ. އަދި މިއީ ކުށްތައް ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ބަދަލެއް އަންނާނެ މަޝްރޫއެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.