Last Updated: August 11, 18:10
Monday, August 11, 2025
މުނިފޫހިފިލުވުން

މިއޮތީ 'ބާގީ 4' ގެ ޓީޒާ

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޓައިގާ ޝްރޮފްގެ "ބާގީ 4" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ މި އަހަރު "ސިކަންދަރު" އާއި "ހައުސްފުލް 5" ގެނެސްދިން ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނި، ނަދިއަދުވާލާ ގްރޭންޑް ސަންގެ ފިލްމެކެވެ. އަންނަ މަހުގެ 5 ގައި ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ "ބާގީ 4" ގެ ޑައިރެކްޓަކީ އޭ ހާޝާ އެވެ.

ޓައިގާ އެކްޝަން ރޯލެއް ކުޅެމުން އަންނަ "ބާގީ" ފްރެންޗައިޒްގެ ހަތަރު ވަނަ ބައިގެ ވިލަން އަކީ ސަންޖޭ ދަތެވެ. މި ފިލްމުގެ ކާސްޓްގައި ސޯނަމް ބަޖްވާ އާއި 2021 ގެ މިސް ޔުނިވާސް ހަރްނާޒް ސަންދޫ ވެސް ހިމެނެ އެވެ.

"ބާގީ 4" އަންނަ މަހު ބެލުންތެރިންނަށް ދޫކޮށްލާ އިރު، މީގެ ކުރީގެ ބައިތައް ގެނެސްދިނީ 2016 އާއި 2018 ގެ އިތުރުން 2020 ގަ އެވެ. އެ ތިން ފިލްމު ވެސް ވަރަށް ކާމިޔާބެވެ.