Last Updated: August 11, 18:01
Monday, August 11, 2025
ޚަބަރު

ކަމަދޫ ސްކޫލްގެ އާ އިމާރާތް އެފްޑީސީ އަށް

ބ. ކަމަދޫ ސްކޫލުގެ އާ ޢިމާރާތް ހަދަން ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާ ޙަވާލުކޮށްފި އެވެ.

އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބ.އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން ކަމަދޫ ރައްޔިތުންނާ އެކު ބައްދަލުވުމުގެ ތެރޭގަ އެވެ.

ކަމަދޫ ސްކޫލުގެ އާ ޢިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު އެވެ. އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ.

ކަމަދޫ ސްކޫލުގެ އާ އިމާރާތާއި ޢުމްރާނީ ވަޞީލަތްތައް ތަރައްޤީ ކުރަން ހަވާލުކުރީ 5 މިލިއަން ރުފިޔާއަށެވެ.