Last Updated: August 11, 18:10
Monday, August 11, 2025
ޚަބަރު

ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް

ރިސޯޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އދ. ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށްފައިވާ އިރު، އެމްއެންޑީއެފުން އެ ހާދިސާގެ މައުލޫމާތު ލިބުނީ ހެނދުނު 10:52 ހާއިރު ކަމަށެވެ. އެއާ އެކު އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސް ރިސޯޓަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް ފެށި އެވެ.

އަލިފާން ރޯވި ސަރަހައްދުގައި ވިލަމެންދޫ ރިސޯޓާއި ސެންޓާރާ ރިސޯޓުގެ ފަޔަ ޓީމުތަކުން އަދިވެސް އަންނަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަލިފާން ނިވާލުމަށް މާމިގިލީ ފަޔަ ސްޓޭޝަންގެ ޓީމެއް ވެސ ރިސޯޓަށް ދިޔަ އެވެ.