Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އައްޑޫން އަނެއްކާ ވެސް ކަރަންޓު ކަނޑަން ފަށައިފި

އައްޑޫގައި އަނެއްކާވެސް އިންޖީނަކަށް މައްސަލައެއް ދިމާވެގެން ބައެއް ސަރަހައްދުތަކުން ވަކި ވަގުތަކަށް ކަރަންޓު ކަނޑާނެކަން ފެނަކައިން އަންގައިފި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ އިން ބުނީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ސެންޓްރަލް ޕަވާ ސްޓޭޝަންގެ ހާލަތު މިވަގުތު ހުރިގޮތުން، ޕީކް ލޯޑު ވަގުތު ތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވަމުންދާ އެންމެހައި ދަތިތަކަށް ފެނަކައިން ވަނީ މައާފަށް އެދިފަ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.