ބ. ކެންދޫ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ކެންދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 119.3 މިލިއަން ރުފިޔާގެ އަގަކަަށް، 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި މަޝްރޫއުގެ ދަށުން 112،016 އަކަ މީޓަރުގެ ސަރަހަައްދެއް ހިއްކައި، 278 މީޓަރުގެ އެއްގަމުތޮށި ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމާއި 971 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 62 މީޓަރު ފައިކަށި ޖެހުމާއި 29 މީޓަރު ނެރު ފައިކަށި ޖެހުން ހިމެނެ އެވެ.
މީގެއިތުރުން މިއަދު ވަނީ ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކޮށް، އެ ރަށުގައި ގާއިމުކުރި ބީއެމްއެލް އޭޓީއެމް ވެސް ހުޅުވާފަ އެވެ.