Last Updated: August 14, 22:44
Thursday, August 14, 2025
ޚަބަރު

އިސްލާމީ ފޮތް މަޢުރަޒެއް މި މަހު ބާއްވަނީ

އިސްލާމިކް މިނިސްޓްރީން "މަޢުރިފާ"ގެ ނަމުގައި އިސްލާމީ ފޮތް މަޢުރަޒެއް ބޭއްވުމަށް ނިންމައިފި އެވެ.

މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 އިން 28 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ "ފޮތްތެރިކަން – ބުއްދީގެ ކާނާ" މި މަޢުޟޫއުއަށް ބާއްވާ މި މަޢުރަޒުގެ މަޤުސަދަކީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މަޢުރަޒުން 15 ފަރާތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ބައިވެރިވާން އެދޭ ތަރުތީބުން އެންމެ ފުރަތަމަ ކުރިމަތިލާ 15 ފަރާތަށް ކަމަށް މިިނިސްޓްރީން ބުނެ އެވެ.