ގައުމީ ޔުނިވަސިޓީ އެމްއެންޔޫ) ކެމްޕަހެއް ބ. އޭދަފުށީގައި ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެ މަޝްރޫޢުގެ އެ ކުންފުންޏާ ހަވާލުކުރީ ރައީސް ޑރ، މުހައްމަދު މުއިއްޒު މިހާރު ބ. އަތޮލަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން. އޭދަފުށީ ޒިޔާރަތުގެ ތެރޭގަ އެވެ.
އެމްއެންޔޫގެ އޭދަފުށީ ކެމްޕަސް މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަ އަޙްމަދު ސަޢުދީއެވެ. ދި އެމްއެންޔޫ އިން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
މި މަޝްރޫޢުގެ ދަށުން 6،000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ބުރި ހިމެނޭ ގޮތުނ،ް ދަރިވަރުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހަދަށް ހަމަޖެހިފައިވެއެވެ. އަދި 3،200 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ބުރި ހިމެނ،ޭ މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކަކާއި 3،000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ބުރީގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް ވެސް ހަދާނެ އެވެ.
މީގެ އިތުރުން 4،000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ބުރީގެ ކްލާސްރޫމް ބްލޮކެއް ހެދުމާއ،ި 4،000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ބުރީގެ އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.
މަސައްކަތް ފަށާތާ 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއުގެ އަގަކީ 80.79 މިލިއަން ރުފިޔާ އެވެ.