ބ. އަތޮޅު ހޮސްޕިޓަލްގެ އާ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.
އެކަމުގެ އެއްބަސްވުމުގައި އިއްޔެ ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޢަބްދުﷲ ނާޒިމެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.
އޭދަފުށީގައި އިމާރާތްކުރާ 50 އެނދުގެ ބ. އަތޮޅުގެ އާ ހޮސްޕިޓަލް އާރްޑީސީއާ ހަވާލުކުރީ މަސައްކަތް ފަށާތާ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 181.7 މިލިޔަން ރުފިޔާއަށެވެ.