Last Updated: August 14, 22:44
Thursday, August 14, 2025
ޚަބަރު

ފެނުގެ ކެޕޭސިޓީ އިތުރުކުރާ މަޝްރޫއު ފަށައިފި

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހުޅުމާލޭގައި ހަދަން ނިންމާފައިވާ 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

އެ އިމާރާތުގެ އަމަލީ މަސައްކަތް އިފުތިތާހުކޮށް އިއްޔެ ރޭ ފަށައި ދިނީ ފެން ކުންފުންޏަށް 29 އަހަރަށް ވުރެ ގިނަދުވަހު ހިދުމަތްކުރި 10 މުވައްޒަފަކާއި މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދުގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުންނެވެ.

މި އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ނިންމުމަކީ އަމާޒެއް ކަމަށް އެމްޑަބްލިޔުއެސްސީ ބުންޏެވެ. މި އިމާރާތުގެ މަސައްކަތް ނިމުމާއެކު، ދުވާލަކު 5،000 ޓަނުގެ ފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް އެތަނުގައި ބަހައްޓާނެ އެވެ

މި ފެން ޕްލާންޓަކީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރު ކުރުމަށް ކުރިއަށް އެޅުނު މުހިންމު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ފެން ކުންފުނިން ބުންޏެވެ.