Last Updated: August 14, 22:44
Thursday, August 14, 2025
ޚަބަރު

އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފި

ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި، ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް މިއަދު ފަށައިފި އެވެ.

އެ ރަށުގެ އިމިގްރޭޝަން އޮފީސް ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އޭދަފުށީ އިމިގްރޭޝަން އޮފީސް ހުޅުވުމަށް ފަހު، އޭދަފުށީން ޕާސްޕޯޓް ދޫކުރި ފުރަތަމަ ފަރާތަށް ޕާސްޕޯޓް ހަވާލު ވެސްކޮށްފައުވެ އެވެ. އެ މީހާއާ ޕާސްޕޯޓު ޙަވާލުކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނެވެ.

މުޅި ރާއްޖެ އަށް ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށި މަސައްކަތުގެ ދަށުން މިހާތަނަށް 11 އަތޮޅެއްގައި ޚިދުމަތްވަނީ ފަށައިފަ އެވެ.

ޕާސްޕޯޓްގެ އިތުރުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ވެސް އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ދޭން ސަރުކާރުް އޮތީ އަމާޒު ހިފައިފަ އެވެ.