Last Updated: June 6, 18:02
Saturday, June 6, 2026
ޚަބަރު

ބ. އަތޮޅަށް މެމޮގްރަފީގެ ހިދުމަތް

އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަތުމަށް ކުރާ ސްކޭނިން (މެމޮގްރަފީ) ގެ ޚިދުމަތް ބ. އަތޮޅު ހޮސްޕިޓަލްގައި މިއަދު ފަށައިފި އެވެ.

އެ ޚިދުމަތް އެތަނުގައި ފައްޓަވައި ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

ކެންސަރ އަށް ސްކްރީން ކުރުމަށް މެމޮގްރަފީގެ ޚިދުމަތް މިއަދު ބ. އަތޮޅުގައި ފެށި އިރު، ރާއްޖޭގެ އެހެން ރީޖަނަލް ހޮސްޕިޓަލްތަކުން ވެސް މި ޚިދުމަތް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި އެ ޚިދުމަތް މިހާރު ފުޅާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އިތުރު ހޮސްޕިޓަލްތަކުން ވެސް މެމޮގްރަފީގެ ޚިދުމަތް ދޭން ރާވާފައިވެ އެވެ.

އެގޮތުން މިކަމަށް ހިންގާ ފުރަތަމަ ފޭހުގައި ޚިދުމަތް ފެށުމަށް ރޭވިފައިވާ އަތޮޅުތަކުގެ ތެރޭގައި ބ. އަތޮޅުގެ އިތުރުން ހއ، ށ، ގއ. އަދި ފުވައްމުލައް ހިމެނެ އެވެ.