Last Updated: August 14, 22:44
Thursday, August 14, 2025
ޚަބަރު

އެޗްއާރްސީއެމްގެ މެމްބަރު ކަމަށް 2 ނަމެއް ފޮނުވައިފި

އެޗްއާރްސީއެމްގެ ރައީސާ މުނާއާ އެކު ޝިފާތު، ކަނާތް ފަރާތުގައި

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރްސީއެމް) އަށް މެންބަރުން އައްޔަން ކުރަން ދެ ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހުގެ 8 އަށް ހަމަވާތީ އެ ކޮމިޝަނަށް މެންބަރު ކަމަށް ކުރިމަތިލާން ހުޅުވައިލީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. އެހެންވެ ކުރިމަތިލި މީހުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ދެ ނަމެކެވެ. އެއީ ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާ އާއި މ. ކޮޕީ، މުހައްމަދު ޝަފީގު މަހުމޫދެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބެވި މެންބަރުންނަކީ:

* ރައީސް މަރިޔަމް މުނާ
* ނައިބު ރައީސް މޫމިނާ ވަހީދު
* ސަމާއު އަހްމަދު ނަޖީބް
* އާމިނަތު ޝިފާތު އަބްދުއްރައްޒާގު
* އިސްމާއިލް ހަބީބް އަބްދުއްރަހްމާން

މީގެ ތެރެއިން އަންނަ މަހު ދައުރު ހަމަވާ ދެ މެންބަރުންނަކީ މޫމިިނާ އާއި ވަހީދާއި އާމިނަތު ޝިފާތެވެ.