Last Updated: June 7, 09:19
Sunday, June 7, 2026
ޚަބަރު

ތުޅާދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި

ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައި އެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއު ފެށީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރޭގަ އެވެ.

ތުޅާދޫ ޕޮލިސް ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާޢިލް ނަވީން އާއި އެ މަޝްރޫއު ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާޙުގެ އިތުރުން ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާޙިމް އާދިލެވެ. ބައިވެރިވެވަޑައިގެންނެވި އެވެ.

ތުޅާދޫ ޕޮލިސް ސްޓޭޝަންގައި ޖަލު ގޮޅިތަކާއި ވެހިކަލް ޝެޑެއް ތަރައްގީ ކުރާނެ އެވެ.