Last Updated: August 14, 22:44
Thursday, August 14, 2025
ދުނިޔެ

އެޕަލް އަށް އީލޮން އިންޒާރު ދީފި

ވަކި ކުންފުންޏެއްގެ އެޕެއް ޕްރޮމޯޓް ކުރަން މަސައްކަތްކުރާ ކަމަށް ބުނެ އެޕަލް އަށް ދައުވާކޮށްފާނެކަމުގެ އިންޒާރު މަޝްހޫރު މަހުޖަނު އީލޮން މަސްކް ދެއްވައިފި އެވެ.

އޭނަ އެފަދަ އިންޒާރެއް ދެއްވީ އެޕް ސްޓޯރްގަައި ހިމަނާފައިވާ އަމިއްލަ، އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި އެކްސްއޭއައިގެ އެފް، 'ގްރޮކް' ގެ ރޭންކް މަތިނުވާ ގޮތަށް އެޕަލް އަަމަލު ކުރަމުންދާ ކަމަށް ތުހުމަތުކޮށެވެ. އެގޮތުން އެޕަލް އިން އޯޕަން އޭއައިގެ 'ޗެޓްޖީޕީޓީ' އަށް ފޭވާކޮށް، އެ އެޕް ނޫން އޭއައި އެޕަކަށް އެންމެ މަތީ ރޭންކް ނުދެވޭ ގޮތަށް ހަދާފައިވާ ކަމަށް އީލޮން ވިދާޅުވި އެވެ.

އެހެންވެ އެއީ އުސޫލާ ހިލާފު ކަމެއް ކަމަށާއި މީގެ ސަބަބުން ވާދަވެރިކަމަށް ވެސް ހުރަސް އެޅިފައިވާ ކަމަށް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އަމިއްލަ ސޯޝަލް މީޑިއާ، އެކްސްގައި ކުރެއްވި ޕޯސްޓްތަކެއްގައި އީލޮން ވިދާޅުވީ އެޕަލް އޮތީ ވަކި ކޮޅަކަށް ހުސްވެފައިވާ ކަމަށާއި އެ ކުންފުނިން "ޕޮލިޓިކްސް" ކުޅެނީ ކަމަށެވެ.

އެހެންވެ ދައުވާ ކުރަން ޖެހިދާނެކަމުގެ އިންޒާރު ދެއްވާފައިވެ އެވެ. އަދި އެޕަލްގެ ޑިވައިސްތައް އަމިއްލަ ކުންފުނިތަކުގައި ބޭނުން ކުރުން މަނާކޮށްފާނެކަމުގެ އިންޒާރު ވެސް އީލޮމް ދެއްވާފައިިވެ އެވެ.

އޭނަގެ އެކްސްއޭއައިގެ "ގްރޮކް" މިހާރު އޮތީ އެޕް ސްޓޯރްގެ އެންމެ މަގުބޫލު އެޕްތަކުގެ ލިސްޓްގެ ރޭންކްގެ ހަ ވަނައިގަ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހާރު އެއް ވަނައި އޮތް 'ޗެޓްޖީޕީޓީ، އެޕަލްގެ ޑިވައިސްތަކުގައި ހިިިމަނަން އެޕަލް އާއި އޯޕަން އޭއައިއާ ދެމެދު މިދިޔަ އަހަރުގެ ޖޫންގައޮ އެއްބަސްވުމެއް ވެސް ހަދާފައިވާކަމެވެ.