Last Updated: August 14, 22:44
Thursday, August 14, 2025
ޚަބަރު

'ހޯމް ޓީމް އެޑްވާންސްޑް ލީޑަޝިޕް ޕްރޮގްރާމް' ފަށައިިފި

އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖްގައި 'ހޯމް ޓީމް އެޑްވާންސްޑް ލީޑަޝިޕް ޕްރޮގްރާމް ފަށައިފި އެވެ.

މިއީ ހޯމްލޭންޑް މިނިސްޓްރީން އިންތިޒާމުކޮށްގެން އެ މިނިސްޓްރީގެ ދަށުގައި ހިމެނޭ މުއައްސަސާތަކުގެ އިސް ވެރިންގެ ސްޓްރެޓެޖިކް، އޮޕަރޭޝަނަލް އަދި އެތިކަލް ލީޑަޝިޕްގެ ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި މަހުގެ 10 ގައި ފެށި ޕްރޮގްރާމްގެ މުއްދަތަކީ ދެ ހަފުތާ އެވެ.

ޖުމްލަ 28 ބައިވެރިންނާ އެކު މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ސިނާރިއޯ ބޭސްޑް އެކްސަސައިޒްތަކާއި، މަސައްކަތާ ގުޅުން ހުރި އެސައިންމަންޓްތައް ހިމަނައިގެންނެވެ. އެގޮތުން، ސްޓްރެޓެޖިކް ލީޑަޝިޕް، ގަވަނަންސް، ކްރައިސިސް ރެސްޕޮންސް، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ޕާފޯމަންސް މެނޭޖްމަންޓް އަދި ސްޓޭކްހޯލްޑަ އެންގޭޖްމަންޓް ފަދަ މައުލޫތައް ހިމެނެ އެވެ.

މީގެ އިތުރުން، އިދާރީ ހިންގުން ހަރުދަނާ ކުރުމާއި، ކޮލޮބަރޭޓިވް ޕްރެކްޓިސް އުނގަންނައި ދިނުމުގެ އިތުރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ރީޖަނަލް އަދި އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ސެޝަންތައް ވެސް ޕްރޮގްރާމްގައި ހިމަނާފައިވެ އެވެ.

'ހޯމް ޓީމް އެޑްވާންސްޑް ލީޑަޝިޕް ޕްރޮގްރާމް' ގެ މަގުސަދުތަކުގެ ތެރޭގައި ހޯމްލޭންޑް މިނިސްޓްރީގެ ސްޓްރެޓެޖިކް މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލީޑަޝިޕް ސްކިލްސް ތަރައްގީ ކުރުމާއި، އަހުލާގީ ނިންމުންތައް ނިންމުމާއި، ކާރިސާތަކަށް އިޖާބަ ދިނުމާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެނައުމުގައި ނިންމަން ޖެހޭ ނިންމުންތަކާއި، ބަދަލުތަކަށް ހޭނުމާއި، ޓެލެންޓް ޑިވެލޮޕްމަންޓާއި، ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރުމަށް ސަމާލުކަންދީގެން މަތީ ފެންވަރުގެ ޓީމުތައް އުފެއްދުން ހިމެނެ އެވެ.

ޕްރޮގްރާމްގައި ބައިވެރިވަނީ ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ކަސްޓަމްސް ސާވިސްގެ އިތުުރުން އިމިގްރޭޝަންގެ މުވައްޒަފުންނެވެ.