Last Updated: August 14, 22:44
Thursday, August 14, 2025
ޚަބަރު

އީޕީއޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ ގޯހެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެނަވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށަށް ބަދަލުކުރުމަކީ ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އީޕީއޭގެ ނަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކޮށް، އެ އިދާރާ، ސީދާ މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތަކުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި، އީޕީއޭ މިނިވަންކަމާއެކު ދެމި އޮންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އީޕީއޭގެ މަސައްކަތްތައް ފަތުރުވެރިކަމުގެ ވުޒާރާއަށް ބަދަލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނީ މި ބަދަލު ގެނެސްފައިވަނީ އީޕީއޭ އިން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައި ކަމަށެވެ.

އީޕީއޭ އުފެއްދީ ރިޔާސީ ގަރާރަކުން 2008 ވަނަ އަހަރެވެ.