Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ޑައިވް ސެންޓަރުތަކެއް ހިންގަން ފޭދޫން ބިން ދޫކުރަނީ

ޑައިވް ސެންޓަރުތަކެއް ހިންގަން އައްޑޫ ފޭދޫން ދެ ބިން ކުއްޔަށް ދޭން ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން އެ އަވަށުގެ ބަނދަރު ސަރަހައްދުން ދޫކުރަން ނިންމާފައި ވަނީ 3،000 އަކަފޫޓްގެ ދެ ބިމެވެ. ބިންތައް ކުއްޔަށް ދޫކުރާނީ ރަޖިސްޓްރީކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަޝިޕްތަކަށެވެ.

އެހެންވެ އެ ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 11 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހާ ހަމައަށެވެ.

ރަޖިސްޓްރީ ވާނީ ބީލަން ގަންނަ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް މި މެއިލް އަށް [email protected] ފޮނުވައިގެންނެވެ. ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހެ އެވެ.