Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އިތުރު 2 ރަށެއްގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި

ބ. ގޮއިދު އާއި ފެހެންދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް އަޅައިފި އެވެ.

އެ ދެ ރަށުގައި ވަކިވަކިން ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ގޮއިދު އާއި ފެހެންދޫ ފުލުހުން އާ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އެވެ.

މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުންދާ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން މި ވަގުތު ޖުމްލަ 85 ރަށެއްގެ ޕޮލިސްޓޭޝަންތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ހުރި އިރު، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި 57 ރަށެއްގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.

އަތޮޅުތަކުގައި ޕޮލިސްޓޭޝަންތައް އެޅުމަށް ކުރިއަށް ގެންދާ މަޝްރޫޢަކީ 681،501،117.51ރ. ގެ މަޝްރޫޢެކެވެ.

ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްތަކުގައި 2027 ގެ ކުރިިން ޕޮލިސް ސްޓޭޝަންތައް ޤާއިމުމަކީ އަމާޒެކެވެ.