އަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި މުދަލު ޒަކާތަށް ލިބުނު އަދަދު 73 މިލިޔަން ރުފިޔާ އަަށް އަރައިފި އެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ މީރާ) އާންމުކޮށްފައިވާ އެންމެ ފަހުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނު އިރު، މުދަލު ޒަކާތަށް 73 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އަދަދާ ބަލާ އިރު 10 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި މުދަލު ޒަކާތަށް ލިބުނީ 66 މިލިއަން ރުފިޔާއާ އެވެ.
މީރާ އިން ބުނީ ޖުލައި މަހު ޒަކާތަށް ލިބުނީ 12 މިލިއަން ރުފިޔާ ކަމަށެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނީ 15 މިލިއަން ރުފިޔާ އެވެ.
ރާއްޖޭގައި މިހާރު މުދަލުގެ ޒަކާޔުހެ ނިސާބަކީ 9264.15ރ. އެވެ.