އިންޓަނޭޝަނަލް ޔޫތު ޑޭ އާ ގުޅިގެން “ނޫކަށި ފެސްޓިވަލް” ބާއްވަން ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމުުކޮށްގެން ބާއްވާ މި އިވެންޓް އޮންނާނީ މި މަހު 27-30 އަށް އާޓިފިޝަލް ބީޗްގަ އެވެ.
ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ ފެސްޓިވަލްގައި ޒުވާނުންގެ އެކި އުފެއްދުންތައް ދައްކައިދޭ އެކި ސްޓޯލްތައް ހިމެނޭނެ އެވެ. އޭގެ ތެރޭގައި ޒުވާން ވިޔަފާރިވެރިންގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށާއި އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ ސްޓޯލުތައް ވެސް ހިމެނޭނެ އެވެ.
މީގެ އިތުރުން މިނިސްޓްރީގެ ބައެއް ސްޓޯލްތައް ވެސް ފެސްޓިވަލުން ފެނިގެން ދާނެ އެވެ.
'ނޫކަށި ފެސްޓިވަލް' ގައި ހަވީރު ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތަކެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ރޭގަނޑު އާޓިސްޓުންގެ ލައިވް މިއުޒިކް ޝޯތައް ވެސް ކުރިއަށް ގެންދާނެ އެވެ.