ފުލުހުން ތަމްރީނު ކޯހުގެ 41 ވަނަ ބުރު އައްޑޫގައި ފަށައިފި އެވެ.
އައްޑޫގައި ޕޮލިސް ކޮލެޖްގައި އެ ކޯސް ފެށުމަށް މި މަހުގެ 10 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަ އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޢަބްދުއް ރަޙްމާނެވެ.
ސަތާރަ ހަފުތާގެ މުއްދަތަށް ކުރިއަ ށްގެންދާ ކޯހުގައި 210 ފުލުހުން ބައިވެރިވެ އެވެ. އެއީ 96 އަންހެން ފުލުހުންނާއި 114 ފިރިހެން ފުލުހުންނެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯހުގައި ފިޒިކަލް ޓްރެއިނިން، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެ އެވެ.
އައްޑޫ ޕޮލިސް ކޮލެޖް 2023 ގައި ހުޅުވި ފަހުން އެތަނުގައި އަންނަނީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ އިތުރުން ފުލުހުންނާ ގުޅުން ހުރި އެކި ކަހަލަ ޓްރެއިނިން ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ. ފުލުހުން ތަމްރީނު ކުރުމުގެ 39 ވަނަ ބުރު ވެސް ކުރިއަށް ގެންދިޔައީ އައްޑޫގަ އެވެ.