ބ. ފުޅަދޫގެ އިހުތިސޯސްގެ ތެރޭގައި އެ ރަށާ ކައިރީގައި އޮންނަ އިންނަފުށި ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ ބ. އަތޮޅަށް މިހާރު ގެންދަވާ ދަތުރުގެ ތެރެއިން ރޭ ފުޅަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ރައީސް ވިދާޅުވީ ފެހެންދޫގެ ތަރައްގީގައި މިހާރު އެންމެ އިސް ދައުރެއް އަދާކުރަނީ ޓޫރިޒަމް ދާއިރާ ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ވެސް ޓޫރިޒަމް ފުޅާކުރަން ފަސޭހަތައް ފޯރުކޮށް ދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ ފުޅަދޫ ކައިރީގައި އޮންނަ އިންނަފުށި އެއްވެސް ވަރަކަށް ނުބެލެހެއްޓޭ ކަމަށެވެ. އެހެންވެ އެ ރަށް ބަލަަހައްޓައި ރަށުން އާމްދަނީ ލިބޭނެ ގޮތް ހަދަން ފުޅަދޫ ކައުންސިލުން ވެސް އަދި ފުޅަދޫގެ ރައްޔިތުން ވެސް ވަރަށް ބޮޑަށް އެދޭތީ ރަށުގެ އިހުތިސާސްހެ ތެރޭގައި އިންނަފުށި ހިމަނަން ނިންމެވީ ކަމަށް ވިދާޅުވި އެވެ.
"ރަނގަޅު މެނޭޖްމަންޓް ޕްލޭނެއް ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު ހެދި އެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ރަނގަޅު ޕްލޭނަކާ އެކީގައި އިންނަފުށި މި ރަށު ކައުންސިލްއާ ހަވާލު ކުރާނަން." ރައީސް ވިދާޅުވި އެވެ.
ރ