Last Updated: August 15, 23:23
Friday, August 15, 2025
ޚަބަރު

ފުޅަދު އާއި ހިތާދު އަށް ވެސް ބީއެމްއެލް އޭޓީއެމް

ބ. ފުޅަދު އާއި ހިތާދޫގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.

އެ ދެ ރަށުގައި އެ ހިދުމަތް އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން މި އަހަރުގެ މިހާތަނަށް ހިދުމަތް ފެށި ރަށްތަކުގެ އަދަދު މިހާރު ވަނީ 44 އަށް އަރައިފަ އެވެ.

އޭޓީއެމްގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައގެންފައިވާ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމު ކުރުމުގެ މަސައްކަތް ބީއެމްއެލުން އަންނަނީ ކުރަމުންނެވެ.

އެގޮތުން މިހާތަނަށް 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާފައިވެ އެވެ.