ނީލް ނިތިން މުކޭޝް އާއި ދިވްޔާ ކޯސްލާ ކުމާރު ކުޅެފައިވާ ތުރިލާ "އޭކް ޗަތުރު ނާރް" އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމައި މީގެ ފަސްޓްލުކް ޕޯސްޓަރުތަކެއް ވެސް ދައްކާލައިފި އެވެ.
ދިވްޔާ އަކީ އަކީ ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސްތަކުގެ ތެރޭގައި ހިމެނޭ ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރުގެ އަންހެނުންނެވެ. "ސަނަމް ރޭ" އާއި "ޔާރިޔާން" ޑައިރެކްޓް ވެސް ކުރި ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ އެކްޝަން ތުރުލާ "ސާވީ" އިންނެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ ދިވްޔާގެ "އޭކް ޗަތުރު ނާރް" ސިނަމާތަކަށް ގެންނަން ނިންމީ އަންނަ މަހުގެ 12 ގަ އެވެ.
ދިވްވާ ޑިގްލެމަރަސް ރޯލަކުން ފެންނާނެ މި ފިލްމުގެ ޑައިރެކްޓަރަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އުމޭޝް ޝުކްލާ އެވެ. އޭނަ އަކީ އޯއެމްޖީ (އޯ މައި ގޯޑް) އާއި "އޯލް އިޒް ވެލް" ގެ އިތުރުން "100 ނޮޓް އައުޓް" ގެނެސްދިން ޑައިރެކްޓަރެވެ، އުމޭޝްގެ އެންމެ ފަހުގެ ފިލްމަކީ 2013 ގެ "އާނކް މިޗޯލީ" އެވެ.
އުމޭޝްގެ "އޭކް ޗަތުރު ނާރު" އަންނަ މަހުގެ 12 ގައި ސިނަމާތަކަށް ދޫކޮށްލަން ނިންމި އިރު، އޭނަ ޑައިރެކްޓްކޮށްފައިވާ އެހެން ފިލްމެއް ވެސް ހަމަ އެ ތާރީހުގައި ރިލީޒްކުރަން ތާވަލުކޮށްފައިވެ އެވެ. އެއީ އަލަށް ތައާރަފުކުރާ ދިވިތާ ޖުނޭޖާ ކުޅެފައިވާ "ހީރް އެކްސްޕްރެސް" އެވެ.