Last Updated: August 15, 23:23
Friday, August 15, 2025
ޚަބަރު

މާމަޑުއްވަރީ ހިތާދު އަށް ދޭން ނިންމައިފި

މާމަޑުއްވަރީ. ފޮޓޯ/ ޝެއިހް އާޒިމް ޙާލިދު

ޓޫރިޒަމްގެ ބޭނުމަށް ދީފައިވާ ބ. އަތޮޅު މާމަޑުއްވަރީގެ އެއްބަސްވުން އުވާލައި ހިތާދޫގެ އިހުތިސާސްގެ ތެރެއަށް އެ ރަށް ގެންގޮސް ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ހިތާދޫގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަކުވުމުގައި ވިދާޅުވީ ތާރީޚީ ގޮތުން ހިތާދޫގެ ހިއްސާ އޮތް ރަށެއް ކަމަށްވާ މާމަޑުއްވަރީ އަކީ ހިތާދު އަށް ފައިދާ ހޯދޭނެ ރަށެއް ކަމަށެވެ.

އެ ރަށް ޓޫރިޒަމަށް ތަރައްގީ ކުރަން މާމަޑުއްވަރީ ދީފައި އޮންނަތާ 30 ވަރަކަށް އަހަރު އަހަރުވެފައިވީ ނަމަވެސް އެއްވެސް ކަމެއް އެތަނުގައި ނުހިނގާ އޮތުމުން ހިތާދޫގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާ ކަމަށް ހިތާދޫ ކައުންސިލުން ވެސް ފާހަގަކޮށްފައިވެ އެވެ.

އެހެންވެ ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް ވުރެ މުހިންމު ކަމެއް އެމަނިކުފާނަށް އަދި ސަރުކާރަށް ނޯންނާނެ ކަމަށެވެ. އެހެންވެ ޤާނޫނުގެ ތެރެއިން މާމަޑުއްވަރީގެ އެއްބަސްވުން ނިމުމަކަށް ގެނެސް ހިތާދު އަށް އެެރަށް ދޭނެ ކަމަށް ވިދާޅުވިއެވެ.

"ޓޫރިޒަމް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީސް ގުޅިގެން އެކަން ކުރާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނެ ގޮތަށް މާމަޑުއްވަރީގެ ބޭނުން ހިފުމަށް ވެސް އެދިވަޑައިގެންފަ އެވެ.