Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އައްޑޫގައި ބެޑްމިންޓަން ފިއެސްޓާއެއް ބާއްވަނީ

އައްޑޫގައި ބެޑްމިންޓަން ފިއެސްޓާއެއް ބާއްވަން ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން ބުނީ "އައްޑޫ ސިޓީ ބެޑްމިންޓަން ފިއެސްޓާ 2025" ކުރިއަށް ގެންދާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ މެދުތެރޭގައި ކަމަށެވެ.

އެހެންވެ މިކަމާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ބުންޏެވެ.

ބެޑްމިންޓަން އަކީ އައްޑޫގައި މިހާރު ދެ ޖިންސްގެ ވަރަށް ގިނަ ބަޔަކު ކުޅެމުން އަންނަ ކުޅިވަރެކެވެ. އަދި އައްޑޫގައި ބެޑްމިންޓަންގެ ތަފާތު މުބާރާތްތައް ވެސް ބާއްވަ އެވެ. ދާދި ފަހުން މަރަދޫފޭދޫ އަވަށު އޮފީހުން ވެސް އިންތިޒާމުކޮށްގެން 'ފިއުލް ފެސްޓް 2025' ގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބާއްވާފައިވެ އެވެ.