ބ. ހިތާދޫގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު. ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަހުމަދު ސައުދީ އެވެ.
ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކައި، ހިއްކާ ބިމުގެ ވަށައިގެން 691 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ އެވެ. އަދި 25 މީޓަރުގެ ހަ ފައިކަށިލުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ އެވެ.
މަސައްކަތް ފަށާތާ 450 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަޝްރޫއުގެ އަގަކީ 137 މިލިއަން ރުފިޔާ އެވެ.