Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އިތުރު 2 ރަށެއްގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި

ބ. އަތޮޅުގެ އިތުރު ދެ ރަށެއްގައި ގާއިމު ކުރަން ނިންމާފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ބިންގާ އަޅައިފި އެވެ.

އެ ދެ ރަށަކީ ދަރަވަންދު އާއި މާޅޮހެވެ.

ދަރަވަންދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާޢިލް ނަވީން އާއި އެ މަޝްރޫއި ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހްގެ އިތުރުން އަދި ދަރަވަންދޫ ކައުންސިލްގެ ރައީސެވެ.

މާޅޮހުގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

މާޅޮހު ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތްފ ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާޢިލް ނަވީން އާއި އެމްޓީސީސީ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީގެ އިތުރުން އަދި މާޅޮހު ކައުންސިލްގެ ރައީސެވެ.