Last Updated: June 6, 18:02
Saturday, June 6, 2026
ޚަބަރު

އައްޑޫ ހައި ސްކޫލްގެ 11 އަށް ވަންނަން ހުޅުވާލައިފި

މަތީ ސާނަވީ އަށް އައްޑޫގައި ކިޔަވައި ދެމުން އަންނަ، އައްޑޫ ސްކޫލްގެ ގްރޭޑް 11 އަށް ދަރިވަރުން ވައްދަން އެ ސްކޫލުން ހުޅުވާލައިފި އެވެ.

ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލުން ބުނީ މި ފެށޭ ދިރާސީ އާ އަހަރު އެ ސްކޫލުގެ ގްރޭޑް 11 އާއި ބީޓެކް ކޯސްތަކަށް ދަރިވަރުން ވެއްދުމަށް ފުރުސަތު ހުޅުވާލެވިފައިވާތީ އެ ފުރުސަތި މިހާރު އޮތީ ހުޅުވާލައިފައި ކަމަށެވެ.

ގްރޭޑް 11 އަށް ވަންނަން ޝަރުތަކީ ކިޔަވަން ބޭނުންވާ މާއްދާއިން ނުވަތަ މާއްދާތަކުން ޡާނަވީ ނިންމާ އިމްތިޙާނަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމެވެ. އަދި ބީޓެކް އިންޓރނޭޝަނަލް ލެވެލް 3 އެކްސްޓެންޑެޑް ޑިޕްލޮމާ ކޯހަށް ވަނުމުގެ ޝަރުތަކީ ޕިއާސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 2ގެ ޑިޕްލޮމާ ކޯހަކުން ދަށްވެގެން “PASS” ލިބިފައިވުން ނުވަތަ އޯ ލެވެލް އިމްތިޙާނާއި އެސްއެސްސީ އިމްތިޙާނުގެ ކޮންމެވެސް ދެ މާއްދާއަކުން ފާސްވެފައިވުމެވެ.

އައްޑޫ ހައި ސްކޫލުން ބުނީ އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 އާ ހަމައަށް ކަމަށެވެ.