Last Updated: July 24, 18:15
Friday, July 24, 2026
ޚަބަރު

މާޅޮހުގައި ވެސް އޭޓީއެމްގެ ހިދުމަތް ފަށައިފި

ބ. މާޅޮހުގައި ވެސް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފި އެވެ.

އެ ހިދުމަތް އެ ރަށުގައި މިއަދު ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މާޅޮހަކީ ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ދޭން ފެށި 47 ވަނަ ރަށެވެ. އަދި އެ ރަށުގައި ހިދުމަތް ފެށުމާ އެކު މިހާރު ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނ ދޭން ފެށިފަ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް މުޢިއްޒުގެ ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލުން އަންނަނީ ކުރަމުންނެވެ.