Last Updated: August 23, 06:48
Saturday, August 23, 2025
ޚަބަރު

މާލެ އާއި ހުޅުމާލެ އިން އަނެއްކާ ވެސް ކަރަންޓް ކެނޑިއްޖެ

މާލެ އާއި ހުޅުމާލެ އިން އަނެއްކާ ވެސް ކަރަންޓް ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން ސޯޝަލް މީޑިއާ ޕޯސްޓެއްައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެ ދެ ތަނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިޗާ ކަމަށެވެ.

"މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން." އެ ކުންފުނިން ބުންޏެވެ.

މި މަހުގެ 9 ވަނަ ދުވަހު ވެސް މާލެ އާއި ހުޅުމާލެއިން އެއްކޮށް ކަރަންޓް ކެނޑި އާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އަދި ޖޫން މަހުގެ ތެރޭގައި ވެސް އެ ދެ ތަނާއި ހުޅުލެ އިން ވެސް ކަރަންޓް ކެނޑި، އެތައް އިރެއް ވަންދެން ކަރަންޓާ ނުލައި އުޅެން ޖެހުމެވެ.

މި މައްސަލަ ތަކުރާރުވަމުންދާ އިރު، ސްޓެލްކޯ އިން ބުނަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަރަންޓް ކެނޑެނީ ކަމަށެވެ.