"ލާމަސީލު ލާމު" ސާޖިކަލް ކޭމްޕެއް ލ. އަތޮޅުގައި މިއަދު ފަށައިފި އެވެ
މާލެ ސިޓީ ގްރޫފް އޮފް ހޮސްޕިޓަލާއި ހެލްތު މިނިސްޓްރީގެ އިތުރުން ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ބާއްވާ މި ކޭމްޕް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 16 އާ ހަމައަށް ކަމަށެވެ.
އެކި ދާއިރާތަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމަކާއެކު ފެށި މި މެޑިކަލް ކޭމްޕުގައި ތަފާތު ބަލިތަކަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރެގައި ހޭނެއްތުމާއި އައްސިކުރުމާ ބެހޭ ކަންތައްތަކާއި، ނުފިލާ ގިނަ ދުވަސްވީ ތަދުތަކާއި، އައްސިކުރުމަށް އިންޖެކްޝަން ޖެހިތަނުގެ ހުރި މައްސަލަތަކަށް ޑރ. އަސަދު އޯޕީޑިގައި ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި ބަނޑުގެ އޮޕަރޭޝަންތަކާއި ގުޅޭ މައްސަލަތަކާއި، ފަލަ މީހުން ހިކުމަށް ކުރާ ބެކްޓީރިއަލް އޮޕަރޭޝަން ތަކާއި، ފިތާއި ފުރަމޭ އަދި ބަނޑުގެ މައްސަލަތަކާއި އެންޑޯސްކޮޕީ އަދި ކޮލޮނޮސްކޮޕީ ހެދުމާއި ގުޅޭ މައްސަލަތަކާއި، ގޭހާއި އަދި ހިމަ ގޮހޮރު މައްސަލަތައް ޑރ. އަޒްނާނު ބައްލައްވާނެ އެވެ.
މީގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޑރ. މިސްބާހު އަދި ނާރުގެ ބަލިތަކަށް ޑރ.ނިޔާފު، ކެންސަރުބަލީގެ އޮޕަރޭޝަންގެ ޙާއްސަ ޑޮކްޓަރު ޑރ.ޝިފާނުގެ އިތުރުން އާއްމު އޮޕަރޭޝަންތަކާ ގުޅޭ ކަންކަމަށް ޑރ. އުބައިދާއި، ޑރ. ވަހީދު ފަރުވާ ދިނުމަށް ހަމަޖެހިފައިވެ އެވެ.