ފަރުމަސް އާލާކުރަން ހިންގަމުން އަންނަ 'މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ އާ ބުރެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ކޯސް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18-30 އަށް ކަމަށެވެ. ކ. މަނިޔަފުށީގައި ކުރިއަށް ގެންދާ ނިންމާފައިވާ ކޯހުން ފުރުސަތު ލިބޭނީ 15 މީހަކަށެވެ.
މި ތަމްރީން ޕްރޮގްރާމްގެ ބޭނުމަކީ ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީކޮށް، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ކޯހެކެވެ.
މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 30 ގެ ކުރިން އެޕްލިކޭޝަން ފޯމް މެރިން ރިސާޗް އިންސްޓިޓިއުޓަށް ހުށަހަޅަން ޖެހެ އެވެ.
މިނިސްޓްރީން ބުނީ ކޯހުގައި ބައިވެރިވާން 15 ފަރާތަށް ވުރެ އިތުރަށް ހުށަހަޅާފައިވާ ނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމުގެ އިންތިޒާމު ހަމަޖެހިފައި ވަނީ މަނިޔަފުށީގައެވެ. އަދި ކޯހުގެ ބޭނުމަށް މާލެ އާއި މަނިޔަފުށި ދެމެދު ކުރަން ޖެހޭ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު މެރިން ރިސާޗް އިންސްޓިޓިއުޓުން ހަމަޖައްސައި ދޭނެ އެވެ.