Last Updated: August 18, 13:53
Monday, August 18, 2025
މުނިފޫހިފިލުވުން

'މިރާއީ' އަންނަ މަހުގެ 5 އަށް

މި އަހަރު ސިނަމާތަކަށް އަންނަން ހުރި އިންޑިއާގެ އެންމެ ވަރުގަދަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ތެލެގޫ ފިލްމު "މިރާއީ" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 5 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް މި ފިލްމުގެ ހިންދީ އޯޑިއަންސަށް ގެނެސްދިނުމުގެ ޒިންމާއާ ހަވާލުވީ "ބާހްބަލީ" ގެ ދެ ބައިގެ ވެސް ހިންދީ އޯޑިއަންސަށް ގެނެސްދިން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނެވެ.

އެ ސްޓޫޑިއޯ އިން މިއަދު "މީރާއީ" ގެ ހިންދީ ޓީޒާ ހިއްސާކޮށް ބުނީ، މި ފިލްމުގައި ހިއްސާވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދާފައިވާ މި ފިލްމަކީ ކާތިކް ގައްޓަމްނެނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "މިރާއީ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ތޭޖާ ސައްޖާ، ރިތިކާ ނަޔަކް، ޖަގަޕަތީ ބާބޫ، ޝްރިޔާ ސަރަން، މަނޯޖް ކުމާރު މަންޗޫ އަދި ޖަޔަރާމެވެ.

ދަރުމާ އިން މި ފަހުން އަންނަނީ އިންޑިއާގެ އެކި ބަހުރުވަތަކުން ހަދާ ވަރުގަދަ ފިލްމުތައް ހިންދީ އޯޑިއަންސަށް ގެނެސް ދިނުމުގައި ހިއްސާވަމުންނެވެ.