Last Updated: August 17, 23:06
Sunday, August 17, 2025
ޚަބަރު

ފުލުހުންގެ އަތުން 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ބަލަނީ

ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގައި އަތުލައިގަތް ގިނަ އަދަދެއްގެ ފައިސާ ގެއްލުނު މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ މިއީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު 15ވަނަ ދުވަހު ހުށަހެޅުނު މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާތަކެއް ކަމަށެވެ.

އެގޮތުން އެ ފައިސާގެ ޖުމްލަ، ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ފުލުހުންގެ ކްރިިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި 30،000 ޑޮލަރުގެ ފަރަގެއް ވަނީ ފާހަގަވެފަ އެވެ. މިކަން ފާހަގަވެފައިވަނީ އިއްޔެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

"ހަލާކުވެފައިވާ ފައިސާ ވެސް، ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ އެކަން ފޮރެންސިކް މެދުވެރިކޮށް ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.