Last Updated: August 17, 23:06
Sunday, August 17, 2025
ޚަބަރު

މީދޫން ވިޔަފާރި އަށް އިތުރު ބިންތަކެއް ދޫކުރަނީ

އައްޑޫ މީދޫން ވިޔަފާރި އަށް އިތުރު ބިންތަކެއް ކުއްޔަށް ދޭން އިއުލާންކޮށްފި އެވެ.

މި ފަހަރު އިއުލާންކުރީ ތަފާތު އެކި ބާވަތުގެ ވިޔަފާރިތަކަށް 9 ބިމެއް ދޫކުރުމަށެވެ. ބިންތައް ދޫކުރަނީ އާންމު ވިޔަފާރި އާއު ރެސްޓޯރަންޓާއި އައްޑޫ އުފެއްދުންތަކާއި ސާވިސް ސެންޓަރު ހިންގުން ފަދަ ކަންކަމަށެވެ.

ކައުންސިލުން ބުނީ ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 16 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވެވޭނީ އަންނަ މަހުގެ 1 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ ބީލަން ގަންނަ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރުގެ އިތުރުން މެއިލް އެޑްރެސް މި މެއިލް އަށް ފޮނުވައިގެންނެވެ.

ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހޭނެ އެވެ.

ތަފާތު އެކި ބާވަތުގެ ވިޔަފާރިތަކަށް މީދޫން 25 ބިމެއް ދޫކުރަން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވެސް ބީލަމަށް ހުޅުވައިލި އެވެ. އަދި ވިޔަފާރިތަކަށް ބިން ދޫކުރަނީ ލޭންޑް ޔޫޒް ޕްލޭނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ އަމިއްލަ ފަރާތަކުން ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅި އެވެ.