ޔަހޫދީން ގާޒާ ހިސޯރުކުރުމުގެ ޕްލޭނާ ދެކޮޅަށް އަޑު އުފުލަން މުޅި ރާއްޖޭގައި މިއަދު 'ގައުމީ ބޮޑު އެއްވުން' ބާއްވަން ތައްޔާރުވެއްޖެ އެވެ.
މާލޭގައި މި ހަރަކާތް ފަށާނީ ހަވީރު 4:30 ގައި މާފަންފު ސްޓޭޑިއަމް ޓާފް ގްރައުންޑުންނެވެ.
'ގައުމީ ބޮޑު އެއްވުން' އިންތިޒާމް ކުރާ ފަރާތުން ބުނީ ޣައްޒާގެ ހާލަތު މިހާރު އޮތީވަޒަންކުރެވޭ ވަރަށް ވުރެ މާ ނިކަމެތި ހާލަތުގައި ކަމަށާއި އިޒްރޭލުން ޣައްޒާ ހިސޯރުކުރުން ނިމުމަކަށް ގެނައުމުށް ގޮވާލައި ޣައްޒާގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމަށް ބާއްވާ އެއްވުމުގައި ވީހާ ވެސް ގިނަ ބަޔަކު މުޅި ރާއްޖޭގައި ނުކުންނަން ޖެހޭ ކަމަށެވެ.
ޣައްޒާގެ ރައްޔިތުންގެ ހައްގުގައި މީގެ ކުރިން ވެސް މުޅި ރާއްޖޭގައި ވަރަށް ގިނަ ތަފާތު ހަރަކާތްތައް ހިންގާފައިވެ އެވެ.
އިޒްރޭލުން ދަނީ އޮކްޓޯބަރު 7، 2023 އިން ފެށިގެން ގާޒާގައި ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިންގައި ކޮންމެ ދުވަހަކު ފަލަސްތީނުގެ މުސްލިމު އެތައް ރައްޔިތުންނަށް ޝަހީދުކޮށް، އެ ރައްޔިތުންގެ ބިންތައް ފޭރިގަންނަން މަސައްކަތް ކުރަމުންނެވެ. ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރު 60،000 އިން މައްޗަށް އަރާފައިވާ އިރު، މުޅި ގާޒާ ސުންނާފަތިކޮށްލުމާ ގުޅިގެން އެތަން އޮތީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.