Last Updated: August 15, 23:02
Friday, August 15, 2025
ޚަބަރު

އިންޑިއާ އަކީ އިތުބާރު ހިފޭ ބައިވެރިއެއް: ރައީސް

އިންޑިއާއަކީ އަބަދު ވެސްއިތުބާރު ހިފޭ ތަރައްގީގެ ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ އެ ގައުމުގެ 79 ވަނަ މިނިވަން ދުވަހާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ދުރޯޕަޅީ މުރްމުރް އަށް ތަހުނިޔާ ވިދާޅުވެ، ރައީސް މުއިއްޒު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ވެސް އަރިސްކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިނިވަން ދުވަހާއެކު މިނިވަންކަމުގެ ޖޯޝާއި ރޫހު އާލާވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށާއި އިންޑިޔާއަކީ ރާއްޖޭގެ ތަރައްގީގައި އިތުބާރު ހިފޭ ވަރަށް ގާތް ގައުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންނާއި ސަރުކާރާ ދެމެދު ވެސް ވަަރަށް ގާތް ގުޅުމެއް އޮތްކަން ފާހަގަކުރެއްވި އެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް މި އަހަރު 60 އަހަރުވެފައިވާ އިރު، މިދިޔަ މަހުގެ 26 ގައި ފާހަގަކުރި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ މެހުމާނެއްގެ ގޮތުގައި މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ.