މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން މިހާތަނަށް 25 މަސްވެރިއަކަށް ލޯނު ދޫކޮށްފި އެވެ.
މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، އިން ލޯނު ދޫކުރަން ފަށާފައި ވަނީ މެއި މަހުގެ 1 އިން ފެށިގެންނެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިދިޔަ މަހުގެ ނިޔަލަށް 25 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާ ކަަމަށެވެ.
މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން ޖުމްލަ 38 މަސްވެރިޔަކު ލޯނަށް އެދި ހުށަހަޅާފައިވެ އެވެ.
މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާޞިލުވުމުގެ ފުރުޞަތު ލިބިގެން ދާނެ އެވެ. މަސްވެރިންނަށް ރަހުނެއް ނެތި 300،000ރ. ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެ އެވެ.