Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ހިތަދޫ ކޯޓުގެ ހުރުމަތް ކަޑައިގެން 15 ދުވަހަށް ޖަލަށް!

ހިތަދޫ ކޯޓް ކައިރީގައި ފުލުހުން .ހަރަކާތްތެރިވަނީ

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އިއްޔެ ބޭއްވުނު ތަރިކައިގެ މައްސަލައެްގެ ޝަރީއަތުގައި އެ މައްސަލާގައި ހިމެނޭ ވާރިސަކު ކޯޓުގެ ހުރުމަތް ކަޑާލުމާއި ގުޅިގެން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

"ސ.ހިތަދޫ މާބުޅާގެ، އަހްމަދު ހަސަންގެ މައްޗަށް ކޯޓުގެ ހުރުމަތް ކެޑިކަމަށް ހުލުމް ކުރީ މާބުޅާ ގޭގެ ތަރިކައިގެ ޝަރީއަތް ހިގަމުން ދަނިކޮށް ޝަރީއަތް މަޖިލީހުގައި މަޖިލީހުގެ ނިޒާމާއި ހިލާފްވެ، ބޭއަދަބީ ބަހުން ވާހަކަ ދައްކަން ފެށުމުން މެޖިސްޓްރޭޓް، އަހްމަދު ހަސަންއަށް ޝަރީއަތުގެ ހުރުމަށް ކަޑާނުލުމަށާއި، ޝަރީއަތުގެ މަޖިލީހުގައި އެކަށީގެންވާ ގޮތަށް ރީތި ބަހުން ވާހަކަ ދެއްކުމަށް ނަސޭހަތްތެރިވުމުން ވެސް އަހްމަދު ހަސަން ޝަރީއަތުގެ މަޖިލީހުގައި މެޖިސްޓްރޭޓްގެ އަމުރަށް އިޖާބަ ދީފައި ނުވާތީ ގާނޫނު ނަންބަރު 22/2010 (ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 76 ވަނަ މާއްދާ އާއި ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން 15 ދުވަހުގެ މުއްދަތަށް އަހްމަދު ހަސަން ޖަލަށް ލުމަށް ހުކުމް ކޮށްފީމެވެ" ކޯޓުން ނިންމި ގަޒިއްޔާގައިވެއެވެ.'

އަހްމަދު ހަސަންގެ މައްޗަށް ހުކުމް ކުރީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މަރިޔަމް ވަހީދުއެވެ.