ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މި އަހަރުގެ "ލިވިން އެކްސްޕޯ" ގެ މި އަހަރުގެ އެޑިޝަން ފަށައފި އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދާ މި އެކްސްޕޯ އިއްޔެ ހަވީރު މި އެކްސްޕޯޓް އިފުތިތާހުކޮށް ދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
މިއީ 'ލިވިން އެކްސްޕޯ' ބާއްވާ 13 ވަނަ އަހަރެވެ.
ހައިރައިޒުން ބުނީ، މި އެކްސްޕޯގައި 60 އަށް ވުރެ ގިނަ ސްޓޯލްތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ބޭންކުތަކާއި ރިއަލް އެސްޓޭޓް ކުންފުނިތަކާއި ގެދޮރު އިމާރާތް ކުރުމާއި ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނިތައް ވެސް ހިމެނެ އެވެ.
މި އެކްސްޕޯގެ ތެރޭގައި ސެކިއުރިޓީ ކެމެރާ އާއި ސްމާޓް ޑޯބެލް ހިމެނޭހެން އުރީދޫން މިދިޔަ އޭޕްރިލް މަހު ތައާރަފްކުރި ސްމާޓާ ހޯމް ސޮލިއުޝަން ދައްކައިލާނެ އެވެ.
އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންނަށް އެކި ސްޓޯލްތަކުން ޑިސްކައުންޓާއި ޕްރޮމޯޝަން ލިބުމުގެ އިތުރުން، ސްޓޯލްތައް ހިންގާ ފަރާތްތަކުން ގިނަ މައުލޫމާތުތަކެއް ހިއްސާކުރާނެ އެވެ.
މި އަހަރުގެ "ލިވިން އެކްސްޕޯ" މި މަހުގެ 17 އާ ހަމައަށް ކުރިއަށް ދާނެ އެވެ.