Last Updated: August 17, 23:06
Sunday, August 17, 2025
ޚަބަރު

އެމްއެންޔޫ އިން ޕީއެޗްޑީގެ އާ 16 ކޯހެއް ތައާރަފުކޮށްފި

ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިންއަލަށް ޕީއެޗްޑީ ގެ 16 ކޯހެއް ތަޢާރަފުކޮށްފި އެވެ.

މިއީ މިހާ ގިނަ އަދަދެއްގެ ޕީއެޗްޑީ ކޯސްތަކެއް އެތަނުން އިއުލާންލުރި ފުރަތަމަ ފަހަރެވެ.

އެމްއެންޔޫއިން އަލަށް އިއުލާން ކުރި ޕީއެޗްޑީ ޕްރޮގްރާމްތައް:

* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (އެޕްލައިޑް މެތްމެޓިކްސް)
* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (މެޓީރިއަލް ސައިންސް)
* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ފިޒިކްސް)
* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ކޮމްޕިއުޓަ ސައިންސް)
* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް އެންވަޔަރަމަންޓަލް ސައިންސް)
* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ބައޮލޮޖީ)
* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ޑޭޓާ ސައިންސް)
* ޑޮކްޓަ އޮފް ފިލޯސަފީ ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ކެމިސްޓްރީ)
* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިން (މެކޭނިކަލް އިންޖިނިއަރިން)
* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިން (ކޮމްޕިއުޓަ އިންޖިނިއަރިން)
* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިން އިލެކްޓިރިކަލް އިންޖިނިއަރިން)
* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިން (ކެމިކަލް އިންޖިނިއަރިން)
* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިން (އެންވަޔަރަމަންޓަލް އިންޖިނިއަރިން)
* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން ޕަބްލިކް ހެލްތް
* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން ޝަރީޢާ
* ޑޮކްޓަ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިސްލާމިކް ސްޓަޑީޒް

އެމްއެންޔޫ އިން ހިންގަމުން އައީ ޕީއެޗްޑީގެ ދެ ޕްރޮގްރާމެކެވެ. އެ ދެ ޕްރޮގްރާމުގައި 10 ދަރިވަރުން ކިޔަވަމުން ގެންދެ އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، ޕީއެޗްޑީގެ ކޯސްތަކާއެކު ގިނަ ދާއިރާތަކުން ރިސާޗް ހެދުމުގެ ފުރުޞަތު ވެސް ފަހިވެގެން ދާނެ ކަމަށެވެ.